ވެލިދޫ

ފީނަން އުޅުނު ވެލިދޫ މީހަކު މަރުވެއްޖެ

Nov 17, 2022

ފީނަން ގޮސް އުޅުނު ވެލިދޫ މީހަކު މީހަކު މަރުވެއްޖެ އެވެ.

މިހާދިސާގައި މަރުވެފައިވަނީ ނ. އަތޮޅު ވެލިދޫ، ޖަންބުގޭ އުމުރުން 49 އަހަރުގެ އަހްމަދު ހަސަން އެވެ.

އޭނާ މަރުވީ މ. އަތޮޅުގައި ފީނަން އުޅެނިކޮށް ދިމާވި ސިއްހީ ކަމަކާ ގުޅިގެންނެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އިއްޔެ ހެނދުނު މ. މުލީ ހޮސްޕިޓަލްގަ އެވެ. ފަހުން އޭނާ މާލެ ގެނެސްފައިވެ އެވެ.

އަހްމަދު ހަސަންގެ ޖަނަޒާ ބާއްވާފައިވަނީ މިއަދު ފަތިސް ނަމާދަށްފަހު އާ ސަހަރާ މިސްކިތުގަ އެވެ.

ފީނަންދާ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.