ހަބަރު

ބީޗް ޕެވީލިއަން ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ހުޅުވާލައިފި

Jan 18, 2016

މާފަންނު އާޓިފިޝަލް ބީޗްގައި ހަދާ "ބީޗް ޕެވީލިއަން" ތަރައްގީކޮށް ހިންގައި ބަލަހައްޓާނެ ފަރާތެއް ހޯދަން ޕެވީލިއަން ތަރައްގީ ކުރާ އެމްޑަބްލިޔޫއެސްސީ އިން ހުޅުވާލައިފި އެވެ.

ފެން ކުންފުނިން ބުނީ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލަފައިވާ ކަމަށާއި އެފަަ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހާ ހަމއަށް ފުރުސަތު އޮންނާނެ ކަމަށާއި އެ ދުވަހާ ހަމައަށް ބީލަން ފޮތުގެ ފައިސާ ބަލައި ގަތުމަށްފަހު ބީލަން ފޮތް ދޫކުރަނީ 26 ވަނަ ދުވަހު ފެން ބިލްޑިންގުން ކަމަށެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ހަދަމުން އަން އާޓިފިޝަލް ބީޗްގައި ޕެވީލިއަން އެއް ތަރައްގީ ކުރަނީ ޒަމާނީ ފެންވަރަށެވެ.

ޕެވީލިއަންގެ ފަސްޓް ފްލޯގައި ކެފޭ އޭރިއާއެއް ހަދާނެ އެވެ. ކަމަށާއި އަދި ތިރީގައި ފަސް ފާހަނަ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާމުން އިށީންނާނެ ޖާގަތަކެއްވެސް ގާއިމް ކުރާ ކަމަށެވެ. އަދި ކާއެއްޗެހި ވިއްކާ ފިހާރައެއް ވެސް ހުޅުވާނެ އެވެ.