އައްޑޫ ސިޓީ

އައްޑޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އައްޑޫ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ 39 އަހަރުގެ މުހުސިން ނަމަކަށް ކިޔާ ބިދޭސީއެއް ކަމަށެވެ. އޭނާއަކީ ބޭކަރީއެއްގައި މަސައްކަތްކުރަމުން އައި މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

ބިދޭސީ މީހާ މަރުވެފައި އޮތް ކަން އެނގުނީ އޭނާ ޑިއުޓީއަށް ދާން ނުހޭލުމުން ކަމުގައި ސައީދު ވިދާޅުވި އެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.