އައިޖީއެމްއެޗްގައި ކުރިން މަސައްކަތް ކުރެއްވި ޑރ. އާމިނަތު ރަމްޝާ ނިޔާވެއްޖެ އެވެ.
ރަމްޝާ މިއަދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ދުވަސްތަކެއް ފަހުންނެވެ.
ޑރ. ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ ކަރުންމަތީގެ ބަލިތަކަށް ހާއްސަވުމަށް ބެންކޮކްގައި ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށެވެ. އެހެންވެ އޭނާ ބަލީގެ ފަރުވާގެ ބޮޑު ބައި ފުރިހަމަ ކުރެއްވެވީވެސް ބެންކޮކްގައެވެ.
ކުޅިވަރުގެ ދާއިރާގައި ވަކިން ހާއްސަކޮށް ދުވުމުގެ މުބާރާތްތަކުގައި ޑރ. ރަމްޝާ ކުރިން ވަނީ ރާއްޖެ ތަމްސީލް ކުރައްވާފަ އެވެ.
ޑރ. ރަމްޝާ ނިޔާވުމާ ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ ރަމްޝާއަކީ އެ ޖަމިއްޔާ އުފެއްދި ފަހުން ޖަމިއްޔާގެ މަސައްކަތްތަކުގައި އާންމުން ހޭލުންތެރިކުރުވުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅާ ކަމަށެވެ.