ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދެއްވަމުން ގެންދެވި ރާއްޖޭގެ ޒުވާން ޑޮކްޓަރު އަނާން ޝަފީއު ނިޔާވެއްޖެ އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފަތިހުގެ ވަގުތެއްގައި އަނާން ނިޔާވީ ސްރީލަންކާ ގައެވެ.
އައިޖީއެމްއެޗްގެ އޮންކޮލޮޖިސްޓް ސެންޓަރުގައި މަސައްކަތް ކުރައްވަމުން ގެންދެވި އަނާން ނިޔާވީ ބަލިވެ އުޅުއްވުމަށްފަހު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޑޮކްޓަރު އައިމިނަތު ރަމްޝާވެސް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ނިޔާވެފަ އެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތައިލެންޑް ގައެވެ.