މޯލްޑިވްސް ޕޮލިސް ސާވިސް

ނޭޕާލް މީހާއަށް ޖިންސީ ގޯނާކޮށްފައެއް ނުވޭ: ފުލުހުން

އައިޖީއެމްއެޗް ހޮސްޕިޓަލް -- ފޮޓޯ: އަވަސް
0%
0%
0%

ނޭޕާލްގެ އަންހެނެއް ކަމަށްވާ ކަންޗަން ދުންގެލް (25އ) އަށް ޖިންސީ ގޯނާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ބަޔަކު އޭނާއަށް ޖިންސީ ގޯނާކޮށް މަރާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ވާހަކަ ދައްކަމުން ދަނިކޮށެވެ.

އައިޖީއެމްއެޗްގެ އީއާރްއަށް ގެނައި ކަންޗަލް މަރުވެފައިވާ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު ނުވަ ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ހޮސްޕިޓަލަށް ގެނައި މަގުމަތީގައި އޭނާގެ ހަބަރު ހުސްވިކަން ފާހަގަކުރެވުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

"މެޑިކޯ-ލީގަލް ރިޕޯޓްގައި ކަންޗަން ދުންގެލް ގެ ކޯޒް އޮފް ޑެތު "އަންނޯން" ކަމަށް ވަނީ ބަޔާންކޮށްފަ. ރިޕޯޓްގައި، ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައިނުވޭ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާއަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮތް މީހެކެވެ.

އޭނާގެ ހަށިގަނޑާ ސްޕޮންސާގެ ފަރާތުން ހަވާލުވެފައި ނުވާތީ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345