މޯލްޑިވްސް ޕޮލިސް ސާވިސް

މަރާމާރީ ހިންގި ދެ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް

މާލޭގެ މާވެޔޮ މަގުގައި ހިންގާ "ކެފޭ ތާސީރު" ތެރޭގައި މިއަދު ހިންގި މާރާމާރީގައި ޒަހަމުވި އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މެންދުރު 12:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މިމައްސަލައިގައި މާރާމާރީ ހިންގާފައިވަނީ ދެ ބިދޭސީއެއްގެ މެދުގައެވެ.

އެއީ އެތަނުގައި މަސައްކަތް ކުރާ ނޭޕާލް ޝެފަކާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ އަންހެނަކާ ދެމެދު ހިނގި މާރާމާރީއެކެވެ.

ދެ މީހުންނަށްވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް ވަނީ ބަންގްލަދޭޝް މީހާ އެވެ.

މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗް އިން ޔަގީންކޮށްދިން ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.