ކުޅިވަރު

ގަވީ: އަހަރެއްތެރޭ ގައުމުގެ މުހިއްމު ކުޅުންތެރިޔަކަށް

ނަން: ގަވީ އުފަންތާރީހް: 05 އޯގަސްޓް 2004 (18 އަހަރު) ގައުމު: ސްޕެއިން ކްލަބް: ބާސެލޯނާ މަގާމް: މިޑްފީލްޑަރ

ބާސެލޯނާގެ ސީނިއާ ޓީމުގައި ވިދަމުން އަންނަ ގަވީ އެ ކްލަބާ ގުޅުނީ އުމުރުން 11 އަހަރުގަ އެވެ. މަޝްހޫރު އެތައް ތަރިންނެއް އުފަންކުރުވި ބާސެލޯނާގެ އެކަޑެމީ އިން ތަމްރީނު ވުމަށްފަހު ގަވީ އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެންފެށީ މިދިޔަ އަހަރު އެވެ. ޕެޑްރީއެކޭ އެއްގޮތަށް ގަވީ ވެސް ހޯދީ އަވަސް ކުރިއެރުމެކެވެ. ކޯޗު ލުއިސް އެންރީކޭ ގަވީ އަށް ސީނިއާ ޓީމުން ފުރުސަތުދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެފަހަރު ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލުގައި ގަވީ ސްޕެއިން ޓީމަށް ކުޅުނެވެ. އޭގެފަހުން ގަވީ އަކީ ގަވާއިދުން ސްޕެއިން ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ގަވީ ވަނީ ސްޕެއިން ޓީމަށް ކުޅުނު 12 މެޗުގައި އެއް ގޯލު ޖަހައިފަ އެވެ. އޭނާގެ ހަމައެކަނި ގޯލަކީ މިއަހަރުގެ ޖޫން މަހު ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކް ކޮޅަށް ޖެހި ގޯލެކެވެ. ޕެޑްރީ އަކީ ސްޕެއިންގެ ސީނިއާ ޓީމު ތަމްސީލުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އަށް މެޗުގެ ތެރެއިން ގަވީ ކުޅުނީ ގްރީސް އާއި ސްވިޑެން މެޗެވެ. މި ދެމެޗުގައި ވެސް ގަވީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. އޭގެފަހުން ސީނިއާ ޓީމު ކުޅުނު ނޭޝަންސް ލީގުގެ ހަ މެޗާއި އެކުވެރިކަމުގެ ދެ މެޗުގައި ވެސް ގަވީ ކުޅުނެވެ. މީގެ ތެރެއިން ގަވީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނީ ދެ މެޗުގަ އެވެ.

ޕެޑްރީ 2021 ވަނަ އަހަރު ހޯދި ކޮޕާ ޓްރޮފީ އާއި ގޯލްޑެން ބޯއީ އެވޯޑު މިއަހަރު ވަނަ އަހަރު ހޯދީ ގަވީ އެވެ.