ދުނިޔެ

އެމެރިކާއަށް އުފެއްދުންތައް ބަދަލުކުރާތީ ބަޔަކު ހިތުގައިޖެހޭ: ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ބޮޑެތި ކުންފުނިތަކުން އެމެރިކާގައި އިންވެސްޓްކުރުމަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ޔޫރަޕްގެ ބައެއް ލީޑަރުން ގަބޫލުކުރައްވާ ކަމެއް ނޫނެވެ.

ޗައިނާގައި މީގެ ކުރިން ފެކްޓަރީތައް ބިނާކޮށް އުފެއްދުންތައް އުފައްދަމުން ގެންދިޔަ ކުންފުނިތަކުން އެމެރިކާއަށް ބަދަލުވުމަކީ ގައުމުތަކުގެ ވެރިންނަށް ކަމުދާ ކަމެއް ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ މީގެ ކުރިން އެމެރިކާއިން ބޭރުގައި އުފެއްދި ވަރަށް ގިނަ އުފެއްދުންތައް މިހާރު އުފައްދަނީ އެމެރިކާގަ އެވެ. އަދި އެމެރިކާ އަކީ މިހާރު ދުނިޔެއަށް ޝިޕްމަންޓްތައް އެކްސްޕޯޓްކުރާ ގައުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއަށް ބޭނުންވާ ތަކެތި -- އެއީ ހާޑްވެއާ ނުވަތަ ދަޅުކާނާ ނަމަވެސް ކުރިން އުފެއްދީ ގައުމުން ބޭރުގައި ކަމަށް ބައިޑަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާއަށް ބޭނުންވާ ތަކެއް އުފެއްދުމަށް ވަޒީފާ ގައުމުން ބޭރުގައި އުފެއްދުމަށް ވުރެ އެމެރިކާގައި ވަޒީފާ އިތުރުކުރުމަކީ އާންމުންނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ބައެއް ކުންފުނިތަކުން އަދިވެސް ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ކުންފުނިތައް މާބޮޑަށް ވެސް ދަހީ އެވެ.

ޗައިނާ، އިންޑިއާ އަދި ވިއެޓްނާމްގެ ފެކްޓަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރާ ކުޑަވުމަކީ ކުންފުނިތަކަށް އޮތް ފައިދާއެއް ކަމަށް ވިދާޅުވެ ބައިޑަން ވިދާޅުވީ އެމެރިކާގެ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް އެހާ ކުޑަ މުސާރައެއް ދެވެން ނޯންނަނީ ކަމަށެވެ.

ބައިޑަން އަދި ވިދާޅުވީ ފެންވަރު ރަނގަޅު އުފެއްދުންތަކަށް ލިބޭ ފައިދާ އަދި ބޮޑުވާނެ ކަމަށާއި އެމެރިކާގައި މުޅިންވެސް އުފައްދަނީ ފެންވަރު ރަނގަޅު އުފެއްންތައް ކަމަށެވެ.