ރައީސް އޮފީހުގެ ތަރުޖަމާނު

މަސައްކަތެއް ނެތި ސިޔާސީ މަގާމެއް އުފައްދާފައެއް ނުވާނެ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަސައްކަތެއް ނެތި ސިޔާސީ މަގާމެއް އުފައްދާ އެ މަގާމުގެ މަސްއޫލިއްޔަތު އެއްވެސް ބޭފުޅަކަށް ހަވާލުކުރައްވާފައި ނުވާނެ ކަމަށް ރައީސް އޮފިހުން ބުނެފި އެވެ.

ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ސަރުކާރުން ސިޔާސީ މަގާމުތައް އަފައްދަމުން ގެންދަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރެވޭ ގޮތަށް ކަމަށެވެ. އެފަދަ މަގާމުތައް އުފައްދަނީ ސަރުކާރުން ރައްޔިތުންނަށް ފޯރު ކޮށްދޭ ހިދުމަތްތައް ފޯރު ކޮށްދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ހަތަރު ސިޔާސީ ޕާޓީއެއް ހިމެނޭ ރައީސް ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ސޯލިހް ވަނީ ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ ކުޑަކުރެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިހާރުވެސް މި ސަރުކާރުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ ސިޔާސީ މަގާމުތައް އިތުރެވެ.

"ސަރުކާރުން ސިޔާސި މަގާމުތައް އުފައްދަނީ ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން. ސަރުކާރުން އުފައްދާފައިވާ ސިޔާސީ މަގާމުތައް އުފައްދާފައިވަނީ މަސްއޫލިއްޔަތުތަކެއް އަދާ ކުރުމަށް،" މިއުވާން ވިދާޅުވި އެވެ.

މި ވެރިކަމުގައި އުފައްދާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު 900 އަށް ވުރެ އިތުރު ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސަރުކާރަށް އަންގާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345