ކެބިނެޓް

ހުކުރު މިސްކިތް ވަށައިގެން ކަލްޗްރަލް ޒޯނެއް ކަނޑައެޅުމަށް ނިންމަވައިފި

މާލޭގެ ހުކުރު މިސްކިތުގެ އެތެރެ -- ފޮޓޯ: އަވަސް
0%
0%
0%

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަ ޒޯނެއް ގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ހެރިޓޭޖް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ.

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަޒޯނެއް ގޮތުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެކަމުގެ ގަވައިދުތަކާއި އުސޫލުތައް ހެދުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހުކުރު މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިއްމު ކަމެއްކަން ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނާ ގޮތުގައި މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްގީކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުމާއި، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހުކުރު މިސްކިތް ހިމެނުމުގެ ފުރުސަތު ބޮޑުކުރުމާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ލިބި ފަތުރުވެރިކަމުގެ އާ ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، އިގްތިސާދަށްވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުމެވެ.

ކެބިނެޓް ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަން ހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެ އެވެ. އެގޮތުން އެ ޒޯން ކަނޑައަޅުއްވާފައިވަނީ މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް އުލޫމްގެ އިތުރުން ޖުމްހޫރީ މައިދާންވެސް ހިމެނޭ ގޮތަށެވެ.

މާލޭގެ ދުވަސްވީ ތަރީހާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަހައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް މިފަދަ ކަލްޗަރަލް ޒޯނެއް ތައާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ގަވައިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910