މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުގައި ވަޒީފާ އަދާކުރާ ގައިދީން އޮރެންޖް ޔުނިފޯމް ލައްވައިފި

Jan 20, 2016
1

ޖަލުތަކުގައި ތިބި އިދީންގެ ތެރެއިން ވަޒީފާގައި އުޅޭ ގައިދީންނަށް އާ ޔުނީފޯމެއް ތައާރަފްކޮށް މިއަދު ބޭނުންކުރަން ފަށައިފިއެވެ.

ކަރެކްޝަނުން ބުނީ ވަޒީފާ އަދާ ކުރާ ގައިދީންނަށް ތައާރަފުކޮށް މިއަދު ބޭނުން ކުރަން ފެށި ޔުނީފޯމަކީ މަސައްކަތުގައި އުޅޭ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނައިގެން މަސައްކަތުގައި އުޅުމަށް ފަސޭހަވާނޭހެން ޑިޒައިން ކުރެވިފައިވާ ޔުނީފޯމެއް ކަމަށާއި އާ ސަބަބުން ގައިދީން ބެލެހެއްޓުމުގައި ވެސް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މިއަދު ބޭނުންކުރަން ފެށި ޔުނީފޯމުގެ ކުލައަކީ ދުނިޔޭގެ ޖަލުތަކުގައި ވެސް ބޭނުންކުރާ ފަދަ އޮރެންޖް ކުލައިގެ ޔުނީފޯމެކެވެ.

ކަރެކްޝަނުން ބުނީ ކުރިއަށް އޮތްތަނުގައި ޖަލުގެ އެހެން ގައިދީންނަށް ވެސް ޔުނީފޯމް ތަޢާރަފް ކުރާނެ ކަމަށާއި އެ ޔުނީފޯމް ވާނީ ތަފާތު ޔުނީފޯމަކަށް ކަމަށެވެ.