ދުނިޔެ

ޓްވިޓާގައި ބޭނުން ނުކޮށް ހުރި 1.5 ބިލިއަން އެކައުންޓް ނައްތާލާނެ: އީލޮން މަސްކް

ޓްވިޓާގައި ބޭނުން ނުކޮށް ހުރި އެކައުންޓްތައް އަދަދުކުރުމަށް ކުރެއްވި މަސައްކަތައް މިހާރު އޮތީ ކޮޅެއްގައި ޖެއްސިފައި ކަމަށް ޓްވިޓާގެ ވެރިޔާ އަދި ކުންފުނީގެ ސީއީއޯ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

މަސްކް ވިދާޅުވި ގޮތުގައި ދުވަހަކު ވެސް ޓްވީޓެއް ނުކޮށް އަދި އެކައުންޓް ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް އެނގެން އެތައް އެކައުންޓެއް ޓްވިތާ ސާވާގައި ރެޖިސްޓަރީ ކޮށްފައި އެބަ ހުއްޓެވެ.

އޭނާ އަދި ވިދާޅުވީ މިފަދައި ބޭނުން ނުކޮށް ގިނަ ދުވަސްވެފައި ހުރި އެއްވެސް އެކައުންޓެއް ދެން ޓްވިޓާގައި ނުބަހައްޓާނެ ކަމަށެވެ.

"އޮތް ހަމައެކަނި ގޮތަކީ އެ ހުރިހާ އެކައުންޓެއް ފޮހެލުން،" މަސްކް ވިދާޅުވި އެވެ.

މަސްކް ވިދާޅުވީ މިހާރުން މިހާރަށް ފުހެލަން ޖެހިފައި 1.5 ބިލިއަން އެކައުންޓް ޓްވިޓާއި ހުރި ކަމަށެވެ.

ޓްވިޓާގައި ބޭނުން ނުކޮށް ހުރި އެކައުންޓްތައް ފޮހެލައި ސާފުކޮށްލައްވާނެ ކަމަށް މަސްކް ނޮވެމްބަރުގައި ވެސް ވަނީ ޓްވިޓާ ބޭނުންކުރާ މީހުންނަށް ހަނދާންކޮށް ދެއްވާފަ އެވެ. އޭނާ އެއިރު ވިދާޅުވީ ބޭނުން ނުކޮށް ދޫކޮށްލާފައި ހުންނަތާ 15 އަހަރު ވެފައި ހުރި ހުރިހާ އެކައުންޓެއް ފޮހެލައްވާނެ ކަމަށެވެ.

ޓްވީޓާ އެކައުންޓެއް ހުޅުވަނީ ބޭނުންކުރަން ކަމަށް ވިދާޅުވެ މަސްކް ވިދާޅުވީ ބޭނުން ނުކުރާ ނަމަ އެ އެކައުންޓެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޓްވިޓާ ސާވާތަކުގައި ބޭނުން ނުކުރާ އެކައުންޓްތައް ގިނަވާން ދޫކޮށްލުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ މަސްކް ވިދާޅުވީ ބޭނުން ނުކޮށް އަހަރެއް ފާއިތުވެއްޖެ ނަމަ އެ އެކައުންޓެއް ޓްވިޓާއިން ފޮހެލުމަށް ލިބިވަޑައިގެންފައި ހުރި ހިޔާލުތަކަށް ތާއީދުކުރައްވާ ކަމަށެވެ.

އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ. ޓްވިޓާ ބައްލަވައިގަތުގެ ކުރިން ވެސް އޭނާ ވަނީ ޓްވިޓާގައި ހުރި ގޮތް ނޭނގޭ އެކައުންޓްތަކުގެ ތަފުސީލަށް އެދިވަޑައިގެންފަ އެވެ. އަދި ޓްވިޓާގައި ހުރި ހުރިހާ ސްޕޭމް އެކައުންޓްތަކެއް ފޮހެލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްވިޓާ ބައްލަވައިގަތުމަށް ފަހު މަސްކް ވަނީ ކުންފުނި ހިންގެވުމަށް ބޮޑެތި ބަދަލުތައް ގެންނަވާފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަކިކުރެއްވުމާއި އޮފީސްތައް ބަންދުކުރެއްވުން ހިމެނެ އެވެ. އަދި ކުރީގެ މެނޭޖްމަންޓުން ބަންދުކޮށްފައި ހުރި އެކައުންޓްތައް ހުޅުވައި ޓްވީޓާ އަކީ މިނިވަން ހިޔާލަށް ފުރުސަތު އޮތް މާހައުލަކަށް ހައްދަވާފަ އެވެ.