ދުނިޔެ

ބްރެޒިލުން މަސްކުގެ އެކްސްއަށް އަލުން ހުއްދަ ދީފި

ބްރެޒިލްގައި އެކްސް ބޭނުންކުރަން އަލުން ހުއްދަކޮށްފި -- ބްރެޒިލްއަށް ދައްކަން ޖެހޭ ހުރިހާ ޖޫރިމަނާއެއް ވަނީ ދައްކާފައި
0%
0%
0%

އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކްގެ މައިކްރޯބްލޮގިން ނެޓްވޯކް -- އެކްސްއަށް އަލުން ހުއްދަދީފި އެވެ.

ބްރެޒިލްގެ ކޯޓުން ބުނި ގޮތުން އަލުން ހުއްދަ ދިނީ އެސްއިން ދައްކަން ޖެހިފައި ހުރި ހުރިހާ ޖޫރިމަނާއެއް ދައްކާ ހަލާސްކުރުމުން ކަމަށެވެ.

ބްރެޒިލްގައި އެކްސް ބޭނުންކުރުން މަނާކުރީ މީގެ މަހެއްހާ ދުވަސްކުރިން -- ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސް، އެކްސް މަނާކުރައްވައި ނެރުއްވި އަމުރުގައި އެކްސްއާ ބެހޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، ބްރެޒިލްގައި ތިބި ޚާއިނުންނާ ގުޅިގެން ދައުލަތަށް ޖެއްސުންކުރަން އެކްސްއިން އެހީތެރިވާ ކަމަށް އޮތީ ވިދާޅުވެފަ އެވެ. އަދި ކަށަވަރު ނޫން މައުލޫމާތު ފަތުރާ ކަމަށް ވިދާޅުވެ ބޮޑެތި އަދަދުތަކުން އެކްސް އޮތީ ޖޫރިމަނާވެސް ކޮށްފަ އެވެ.

ބްރެޒިލްގައި އެކްސް ބޭނުންކުރަން ހުއްދަކުރައްވައި ފަނޑިޔާރު ނެރުއްވި އަމުރާ ގުޅިގެން 24 ގަޑިއިރު ތެރޭގައި އެ ގައުމުގެ ކޮމިއުނިކޭޝަން ރެގިއުލޭޓަރުން އެކްސްއަށް ހުއްދަ ދޭން ޖެހެ އެވެ.

ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސް، އެކްސް މަނާކުރެއްވުމާ ގުޅިގެން އީލޮން މަސްކް ކޯފާއިސްކުރައްވައި ފަނޑިޔާރަށް ހުތުރު ބަހުން ވަނީ މުޚާތަބު ކުރައްވާފަ އެވެ. އަދި ފަނޑިޔާރުގެ ފަތްފުށް ހާމަކުރުމަށް ކަމަށް ވިދާޅުވެ އެކްސްގައި ވަކި ޗެނަލެއް ވަނީ އުފައްދަވާފަ އެެވެ.

އީލޮން މަސްކް ވިދާޅުވި ގޮތުގައި މޮރޭސް އަކީ ވެސް ކޮރަޕްޓް ބޭފުޅެކެވެ. ބްރެޒިލްގައި ވަގު ވިޔަފާރިކުރާ ނެޓްވޯކަކާ ފަނޑިޔާރާ ގުޅުންތަކެއް އޮންނަ ކަމަށް މަސްކް ތުހުމަތު ކުރެއްވި އެވެ.

ފަނޑިޔާރު މޮރޭސް ވިދާޅުވި ގޮތުގައި އޭނާއާ އެކްސްއާ އެއްވެސް މައްސަލައެއް ނެތެވެ. ބްރެޒިލްގައި އެކްސްއަށް ހަރަކާތްތެރިވެވޭނީ ދައުލަތަށް ބުރޫ ނާރާ ގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ބްރެޒިލްގައި އެކްސް ބޭނުންކުރަން އެދޭ ނަމަ ސަރުކާރަށް އެއްބާލުން ދޭން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެކްސްއިން ދައްކަން ޖެހިފައި ހުރި ޖޫރިމަނާ ދެއްކުމުން ހުރިހާ މައްސަލައެއް ހައްލުވީ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910