ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ވަރަށް ބޮޑަށް ރޯވެ އެނދި ހާދިސާއަށް ފަހު އެތަނުގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ މުވައްޒަފުން ގުޅިފަޅުފައި ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ރޯވެ އެނދި ހާދިސާއަށް ފަހު މީހުން ހަމަތޯ ބެލިއިރު އެކަކު މަދު ކަމަށެވެ. ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖިނާހް ވިދާޅުވި އެވެ.
އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެންވެސް ފަރުވާ ދެ މީހުން އަނިޔާވި މީހުންގެ ތެރޭގައި ހިމެނެ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
އަލިފާނުގެ މި ހާދިސާ އާއި ގުޅިގެން އެފްކޮންސްގެ މުވައްޒަފުން ދިރިއުޅުނު އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
އެފްކޮންސް ކުންފުނިން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.