ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖު މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

ތިލަމާލެ ބްރިޖު މަޝްރޫއުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގައި އުޅުނު އިންޑިއާ މީހަކު މަރުވެއްޖެ އެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މެނޭޖަރު މުހައްމަދު ޖިނާން އަވަސް އަށް ވިދާޅުވި ގޮތުގައި ބިދޭސީ މީހާ މަރުވީ ހާޓް އެޓޭކެއް ޖެހުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ.

ބިދޭސީ މީހާ ބަލިވެ އުޅޭތީ މަސައްކަތަށް ނުނެރޭ ކަމަށްވެސް ޖިނާން ވިދާޅުވި އެވެ.

ބިދޭސީ މީހާ މަރުވުމުން ބްރިޖު މަސައްކަތްކުރާ މުވައްޒަފުން ހަމަނުޖެހުން ހިންގި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް ޖިނާން ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ސިޗުއޭޝަން އަންޑާ ކޮންޓްރޯލްގަ އޮތީ،" ޖިނާން ވިދާޅުވި އެވެ.

ޖިނާން ވިދާޅުވީ ބިދޭސީމީހާ މަރުވުމުން މަސައްކަތު މުވައްޒަފުންނަށް އިއްޔެ އާޢި މިއަދު ޗުއްޓީ ދީފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910