ދުނިޔެ

"ޔުކްރެއިން ހަނގުރާމަ ކައިރި މުސްތަގުބަލެއްގައި ނުހުއްޓޭނެ"

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް؛ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
0%
0%
0%

ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ސުލްހައިގެ މަޝްވަރާތައް މިއިން ދުވަހަކު ވެސް ފެށިދާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އޮތް އަހަރު ނިންމާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވީ އަސްކަރީ ކުރިމަތިލުންތައް ދެ ގައުމުގެ ދެމެދުގައި ކުރިއަށް ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސުލްހައަށްޓަކައި ސީރިއަސް މަޝްވަރާތަކެއް މުހިންމު ކަމަށްވެސް އދ.ގެ ވެރިޔާ ވިދާޅުވި އެވެ. އެ އުންމީދާއި އިންތިޒާރު އޮންނަން ޖެހޭނެ ކަމަށާއި -- އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ތަނުގައި ސުލްހައިގެ މަޝްވަރާތައް ކުރެވޭނެ ކަމަށް ބަލައިގެން ތިބުން ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ގުޓަރޭޒް ވިދާޅުވީ އދ.އިން މިވަގުތު އެންމެ އިސްކަމެއް ދެނީ ކަޅުކަނޑު ހުރަސްކޮށް ރަޝިއާއިން އެމޯނިއާ -- ގަސްކާނާ އެކްސްޕޯޓްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ. އަދި ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ހަނގުރާމައިގެ ގައިދީން ބަދަލުކުރަން ކުރެވޭ މަޝްވަރާތަކަށް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްވެސް އދ. އިން ފުރުސަތު ތަނަވަސްކޮށްދެމުން ގެންދާ ކަމަށެވެ.

ސީރިއާގެ 11 އަހަރުވީ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ރަޝިޔާ އަދި ސީރިއާ ހުށަހެޅި ހުށަހެޅުުމަށް ތާއީދު ކުރައްވަންތޯ ސުވާލު ދެންނެވުމުން ގުޓަރޭޒް ވިދާޅުވީ އެކަމާ ބެހޭ ގޮތުން އދ.އަަށް މަޝްވަރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެކަމަ ބެހޭ ގޮތުން އެއްޗެއް ދެންނެވޭ ވަރަށް ވުރެ އަދި މާ އަވަސް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910