ބޭރުގެ އެހީ

ކުނީގެ މައްސަލަ ހައްލުކުރަން ޖަޕާނުން ފަސް މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖޭގައި ކުނި މެނޭޖްކުރުމަށް އެހީވުމުގެ ގޮތުން ޖަޕާނު ސަރުކާރުން 5.1 މިލިއަން ޑޮލަރު ދިނުމަށް ނިންމައި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރއިން - ފޮޓޯ: ޖަޕާން އެމްބަސީ
0%
0%
0%

ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ޖަޕާނު ސަރުކާރުން 5.1 މިލިއަން ޑޮލަރު (80 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އަދި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓާކޭ ޝުންސުކޭ އެވެ.

ހިލޭ އެހީގެ ގޮތުގައި ދޭ މި އެހީގެ މަގުސަދަކީ ރާއްޖޭގައި ކުނި ނަގައި އަދި އެއްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ޖަޕާނު ސަރުކާރުން ބުނެ އެވެ.

މީގެ އިތުރުން މި އެހީގެ ދަށުން ވޭސްޓް ގްލާސް ކްރަޝާ، ވޭސްޓް ކޭން / ޕްލާސްޓިކް ކޮމްޕްރެސާ، ލައިޓް ވެއިޓް ޓްރަކް، ވީލް ލޯޑާ، އަދި ކޮމްޕެކްޓާ ޓްރަކް ފަދަ ވަސީލަތްތައް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން 90 އަށް ވުރެ ގިނަ ރަށުގައި ރަނގަޅަށް ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރެވި، އެއްކުރާ ކުނި މެނޭޖުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910