އެސްޓީއޯ

ހުޅުމާލޭގެ އެސްޓީއޯ ފިހާރައިގައި ހާއްސަ ސޭލެއް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އެސްޓީއޯގެ ފިހާރައިގައި މުދާ ހުސްކުރުމުގެ ގޮތުން އިޔާ އެންޑް ސޭލް އެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މިއަދު ފެށި އިޔާ އެންޑް ސޭލް ނިމުމުން ހުޅުމާލެ ފިހާރަ ވަގުތީ ގޮތުން ބަންދު ކުރާނެ ކަމަށެވެ. އެއައްފަހު ފިހާރަ މަރާމާތު ކުރުމަށްފަހު އާ ބަދަލުތަކަކާއެކު އަލުން ވަރަށް އަވަހަށް ފިހާރަ ހުޅުވާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

ހުޅުމާލޭގެ އެސްޓީއޯ ފިހާރައިގައި ފެށި އިޔާ އެންޑް ސޭލް ނިމޭނެ ވަކި ދުވަހެއް ބުނެފައެއް ނުވެ އެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުނި -- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 58 އަހަރު ފުރުމާ ގުޅިގެން އެ ކުންފުނިން ގެންދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

މިގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އެސްޓީއޯ ޕީޕަލްޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން އަދި އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުގައި މިހާރު ކުރިއަށްދާ އެއް ދުވަހުގެ ސޭލް ވެސް ހިމެނެ އެވެ.