އެޗްޑީސީ

ފިޔަވަތީގެ ކުދިންނަށް އެޗްޑީސީން ހާއްސަ ހަވީރެއް

ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަވީރެއް ބާއްވައިފި އެވެ.

"ފިޔަވަތި ފަންޑޭ"ގެ ނަމުގައި މި ހަވީރު ކުރިއަށް ގެންދިޔައީ ހުކުރު ދުވަހު ފަރުކޮޅުފުށީގަ އެވެ.

ފިޔަވަތީގައި ދިރިއުޅޭ 90އަށް ވުރެ ގިނަ ކުދިން މި ހަވީރުގައި ބައިވެރިވި އެވެ. މި ހަވީރުގައި އެޗްޑީސީގެ ބައެއް އިސްވެރިންގެ އިތުރުން ފިޔަވަތީގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.

ހަވީރުގައި ބައިވެރިވި ކުދިންނަށް އެޗްޑީސީ އިން ވަނީ ހަދިޔާ ދީފަ އެވެ.

އެޗްޑީސީއިން ދަނީ ފިޔަވަތީގެ ކުދިންނާއެކު ސިލްސިލާ އެކި ތަފާތު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަމުންނެވެ.

"ފިޔަވަތި ފަންޑޭ" އާއެކު އެޗްޑީސީގެ ސީއެސްއާރު ހަރަކާތްތަކާއި ޕްރޮގްރާމްތައް މި އަހަރަށް ވަނީ ނިންމާލާފަ އެވެ