ހަބަރު

ޒުހާ މަރާލުމުގައި ބައިވެރިވެފައި ނެތުމުން ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ހ. ދޫހިމެރި ގޯޅިގަނޑު ތެރޭގައި މި މަހުގެ ހަވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ލ. ގަން، ބާބުލްއަވާލި، ހައްވާ ޒުހާ، 23، މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި އެވެ. އޭނާ ހައްޔަރުކުރީ މި މަހު ނުވަވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ޒުހާގެ މައްސަލާގައި ހައްޔަރުކުރި ދިވެހި ދިރިހެން މީހާ ދޫކޮށްލާފައިވާ ކަމަށާއި އެމީހާ ދޫކޮށްލީ ތަހުގީގުން ޒުހާގެ މަރުގައި އޭނާ އެއްވެސް ވަރަކަށް ބައިވެރިވެފައިނުވާކަން އެނގުމުން ކަމަށެވެ. އެމީހާއަކީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

ދިވެހި ފިރިހެނެއްގެ އިތުރުން ޒުހާގެ މައްސަލާގައި 50 އަހަރުގެ ދިވެހި އަންހެނަކާއި ބަންގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ ޒުހާގެ މައްސަަލައިގެ ތަހްގީގުގެ ހޯދުންތަކުން ޒުހާ މަރާލާފައިވަނީ ހ. ލާލުުކުރީގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކުކަން ކަން ވެސް އެނގިފައިވާ ކަމަށެވެ.

ޒުހާގެ އާއިލާއިން ބުނެފައި ވަނީ، ޒުހާ މަރުވި ރޭ އޭނާގެ ފަހަތުން މީހުންތަކެއް ދުވިތަން ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކަރުގައި ޒަހަމްތަކެއް ހުރި ކަމަށް ވެސް ބުނެފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ޒުހާގެ މަރުގެ ހަގީގަށް ހޯދުމަށް ޓްރެވިންޑްރަމްގެ ހޮސްޕިޓަލަކުން ޕޯސްޓް މޯޓަމް ހެދުމަށް ފަހު މާލެ ގެނެސް މިހާރު ވަނީ ވަޅުލާފަ އެވެ.