ހަބަރު

ސްޕެއިން ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ސްޕެއިން އާއި މޮރެކޯ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. މެޑިޓަރޭނިއަން ސަރަހައްދަށް އައި މި ބިން ހެލުމަކީ ރިކްޓަރ މިންގަނޑުން 6.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށް ރިޕޯޓްތައް ބުނެއެެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ ސެންޓަރުން ބުނެފައިވާ ގޮތުގައި، 6.6 މެގްނިޓިއުޑްގެ ބިންހެމުން އައިސްފައިވަނީ 20 މައިލް އަޑިންނެވެ. ބިން ހެލުމަށްފަހު ފަސް އިތުރު ބިންހެލުންތަކެއް އެ ސަރަހައްދަށް އައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ ބުނެފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިހާތަނަށް ލިބުނު ގެއްލުމެއްގެ ތަފްސީލު ލިބިފައެއް ނުވެ އެވެ. އަދި މީހަކަށް ގެއްލުމެއްވެފައިވާ ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.