ޅ. ފެލިވަރު އަދި ގއ. ގެމަނަފުށީގައި އައިސް ޕްލާޓެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެއްޓުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެލިވަރު އަދި ގެމަނަފުށީގައި އައިސް ޕްލާޓެއް އެޅުމަށް ހަވާޅުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާ އެވެ.
ދެ ރަށުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް އައިސް ޕްލާޓް އެޅުމަށް ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 23 މިލިއަން ޑޮލަރު ނުވަތަ 354 މިލިއަން ރުފިޔާ އަށެވެ.
އައިސް ޕްލާންޓް އެޅުމަށް ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްލާއިލް ފައުޒީ އެވެ. ރައިނެކް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ޕީކުމަރަން އެވެ.
މި މަޝްރޫއުގެ ތެރެއިން ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ގާއިމުކޮށް 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިން ފެސިލީޓީއެއް ހަދާނެ އެވެ.
މީގެ އިތުރުން މަސް ފިނިކުރުމައްޓަކައި 80 ޓަނުގެ ރެފްރިޖަރޭޓާ ސީ ވޯޓާ ސިސްޓަމަކާއި 100 ޓަނުގެ މަސް ޕްރޮސެސިން ފެސިލިޓީއެއްގެ އިތުރުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރިއަށް ދާނެ އެވެ.