ވިލާ މާޓް

ރަހަ މީރު ފްރޯޒަން ބެރީ ސްމޫތީ ފަސޭހަކަމާއި އެކު ތައްޔާރުކޮށްލެވޭނެ ގޮތެއް

Jan 21, 2023

ލުބްނާނުގެ މަޝްހޫރު ކާނާ ބްރޭންޑެއް ކަމަށްވާ "ޕްލައިން ސޮލޭ"ގެ އުފެއްދުންތައް ވިލާ ޓްރޭޑިން އިން ހިންގާ ވިލާ މާޓުން ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށައިފި އެވެ. މިއީ ސިއްހަތަށް ފައިދާ ހުރި ކާނާ ތައްޔާރުކުރާ, ރާއްޖޭގެ ބާޒާރުގައި ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާ މާޓުގެ ފިހާރަތަކުން އެކްސްކްލޫސިވްކޮށް ވިއްކާ ބްރޭންޑެކެވެ.

އެ ބްރޭންޑްގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި, އަހަރުގެ ހުރިހާ ދުވަހަކަށް ބޭނުން ކުރެވޭ ގޮތަށް ގަނޑު ކޮށްފައި ހުންނަ ބެރީގެ ގިނަ ވައްތަރުތައް ހިމެނެ އެވެ. ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތަކީ ތާޒާ ކޮށް ހުންނަ އެއްޗެއްސަކީ އެންމެ ރަނގަޅު އެއްޗެހި ކަމަށެވެ. ނަމަވެސް ބެރީ އަކީ އެއާއި ހިލާފަށް, ގަނޑުކޮށްފައި ބެހެއްޓުމުން ނިއުޓްރިޝަނަލް އެލިމެންޓްސް ގިނަވާ އެއްޗެއް ކަމަށް ވެއެވެ.

ބެރީ އަކީ ސިއްހަތަށް ފައިދާހުރި ފައިބަރާއި ގުދުރަތީ ހަކުރު އެކުލެވޭ އެއްޗެކެވެ. އޭގެ އިތުރުން ވިޓަމިން ސީ، މެންގަނީޒް، ވިޓަމިން ކޭ، ޕޮޓޭސިއަމް، އަދި ޒިންކް ފަދަ މާއްދާތައް ގިނައިން ހިމެނެ އެވެ. އަދި ފްރޯޒަން ބެރީ ނުވަތަ ގަޑު ކުރި ބެރީ އަކީ އާންމުކޮށް ތާޒާ ބެރީގެ ގޮތުގައި ވިއްކަން ހުންނަ އެއްޗެއްސަށް ވުރެ ޕެސްޓިސައިޑް މަދުން ބޭނުން ކޮށްގެން ހައްދާފައި ހުންނަ ބެރީ އެވެ.

ސިއްހަތަށް ފައިދާ ހުރި ބެރީ ބޭނުން ކޮށްގެން ސްމޫތީއެއް ހަދާނެ ގޮތް:

ބޭނުންވާ ތަކެތި:

  • 1 ½ ތަށީގެ އެޕަލް ޖޫސް (އަލްމަންޑް, ސްކިމް ނުވަތަ ކޮކްނަޓް މިކް އަދި އެހެން ފްލޭވާއެއްގެ ޖޫސް ބޭނުން ކުރެވިދާނެ)
  • 1 ދޮންކެޔޮވަށް (ކޮށާފައި)
  • 1 ½ ތަށީގެ ފްރޯޒަން މިކްސްޑް ބެރީސް
  • 3/4 ތަށީގެ ވެނީލާ ގްރީކް ޔޯގަޓް
  • 1 މޭޒުމަތީ ސަމުސަލުގެ މާމުތް (ބޭނުން ނަމަ)
  • ގާނިޝް ކުރަން ބޭނުން ނަމަ ފްރެޝް ބެރީ އެއް ނުވަތަ މިންޓް ސްޕްރިންގްސް ބޭނުން ކުރެވިދާނެ.

ތައްޔާރުކުރާނެ ގޮތް:

  • އެޕަލް ޖޫހާއި, ކޮށާފައި ހުރި ދޮންކެޔޮ އަދި ފްރޯޒަން މިކްސް ބެރީސް އާއި ޔޯގަޓް އެއްވަރަކަށް ބްލެންޑް ކޮށްލާށެވެ. ބްލެންޑް ކޮށް ނިމޭއިރު މާ ތަތްކޮށް ހުރި ނަމަ, ކުޑަ ފެންކޮޅެއް އެއްކޮށްލާށެވެ.
  • ރަހަ ބެލުމަށް ފަހު, ފޮނި ނަރަ ހެޔޮވަރު ކުރަން ބޭނުން ނަމަ މާމުތް އަޅައި އެއްކޮށްލުމަށް ފަހު, ތައްޓަށް އަޅައި ގާނިޝް ކުރަން ބޭނުން ނަމަ ފްރެޝް ބެރީ އެއް ނުވަތަ މިންޓް ސްޕްރިންގްސް މައްޗަށް އަޅާލާށެވެ.

ސްމޫތީގައި ހުންނާނެ ނިއުޓްރިއަންޓްސް:

  • ކެލޮރީސް: 221 ކިލޯކެލަރީސް
  • ކާބޯހައިޑްރޭޓްސް: 52 ގްރާމް
  • ޕްރޮޓީން: 6 ގްރާމް
  • ފެޓް: 1 ގްރާމް
  • ކޮލެސްޓްރޯލް: 2 މިލިގްރާމް
  • ސޯޑިއަމް: 60 މިލިގްރާމް
  • ފައިބާ: 4 ގްރާމް
  • ޝުގާ: 41 ގްރާމް

ވިލާ އަކީ އަބަދުވެސް ކަސްޓަމަރުންނާ ގާތުން, ފަސޭހާ ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން ވިލާ މާޓުގެ ވެބްސައިޓުން ޕްރޮޑަކްޓްތަކުގެ ތަފްސީލު ބެލޭއިރު, ފަސޭހަ ކަމާއި އެކު ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އޮންލައިން ކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ވިލާ މާޓުން ވަނީ އައިފޯން އަދި އެންޑްރޮއިޑް އެޕެއް ވެސް ތައާރަފް ކޮށްފަ އެވެ.

އެންޑްރޮއިޑް އެޕް
އައިފޯން އެފް

ސިއްހަތަށް ފައިދާ ހުރި ކޮލެޓީ ކާނާ ބްރޭންޑްތަކުގެ އިތުރުން ވިލާ މާޓުން ރީތިވާ ސާމާނާއި, ހިފާގެންގުޅޭ ސާމާނުގެ އިތުރުން ވަރަށް ގިނަ ބާވަތްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ލިބެން ހުރެ އެވެ. ވިލާ މާޓްގެ އަމާޒަކީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް, ހެޔޮ އަގުގައި ކޮލެޓީ ޕްރޮޑަކްޓްތަކެއް ފަސޭހަ ކަމާއި އެކު ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމެވެ.

ކަސްޓަމަރުންނަށް ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވިލާ މާޓުގެ ވެބްސައިޓުން ފަސޭހަ ކަމާއި އެކު ބަލާލެވޭނެ އެވެ. އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮށް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އޭގެ އިތުރުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓް އެޕް ޑައުންލޯޑް ކުރައްވައިގެން, ފަސޭހަ ކަމާއި އެކު އޮންލައިން ކޮށް ވިޔަފާރި ކުރެވޭނެ އެވެ.

ސްޓަމަރުންގެ އިތުބާރާއި, ހިތްހަމަ ޖެހުމަކީ ވިލާ ޓްރޭޑިން އިން އެންމެ މުހިންމު އިސްކަމެއްދޭ ކަމަށް ވާއިރު, އެ ކުންފުނިން ހިންގާ ވިލާ މާޓުގެ އަމާޒަކީ ކޮލެޓީ ރަނގަޅު ކާނާގެ ބާވަތްތަކުން ފެށިގެން ގޮސް, ރީތިވާ ސާމާނާއި ގޭގައި ގެންގުޅޭ ސާމާނު, ހެޔޮ އަގެއްގައި ފަސޭހަ އިން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.