ވިލާ މާޓް

އަލްމަރާއީ ބަރިސްތާ މިލްކް އަޅައިގެން ރަހަ މީރު ކޮފީއެއް ތައްޔާރުކުރާނީ މިހެން

Jan 21, 2023

މެދު އިރުމަތީގެ އެއްވަނަ ޑެއިރީ ބްރޭންޑް ކަމަށްވާ އަލްމަރާއީގެ އުފެއްދުންތައް ވިލާ ޓްރޭޑިން އިން ހިންގާ ވިލާ މާޓުން ރާއްޖޭގެ ބާޒާރުގައި ހޯލްސޭލް އަދި ރީޓެއިލް ކޮށް ވިއްކަން ފަށައިފި އެވެ.

ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ, ސިއްހަތަށް ފައިދާ ހުރި އުފެއްދުންތައް 1977 ވަނަ އަހަރުން ފެށިގެން މާކެޓަށް ނެރެމުން އަންނަ އަލްމަރާއީގެ ޖޫހާއި ބޭކަރީ އަދި ޕޯލްޓްރީ ޕްރޮޑަކްޓްތައް ހިމެނެ އެވެ. އަދި އަލްމަރާއީ އަކީ އެސްއެފްޑީއޭގެ އެންމެ މަތީ މިންގަނޑުން ރޭޓްކުރެވޭ, ސަލާމަތީ ގޮތުން އެންމެ ރައްކާތެރިކޮށް އުފައްދާ ޕްރޮޑަކްޓްތަކެކެވެ.

މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން ޝަރަފްވެރި ނެލްސަން އެވޯޑް ހޯދާފައިވާ ބްރޭންޑުން 40 ވުރެ ގިނަ ޕްރޮޑަކްޓްތައް މާކެޓަށް ނެރެފައި ވެއެވެ. ވިލާ މާޓުން ލިބެންހުރި އަލްމަރާއީ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނެނީ:

އަލްމަރާއީ ބަރިސްތާ މިލްކް:

އަލްމަރާއީ ބަރިސްތާ މިލްކަކީ ސްމޫތު އަދި ކްރީމީ ޓެކްސްޗާއެއް ލިބިގެންވާ މީރު ރަހައެކެވެ. އަދި އޭގައި ޑެއިރީ އާއި އެއްފަދަ ކްރީމީ ޓެކްސްޗަރެއް އުފެއްދުމަށް ފެޓް އިތުރު ކޮށްފައި ވެއެވެ. އެހެންކަމުން މިއީ ކޮފީ ބޯއިރު ނުވަތަ ކިރުސައިގެ ތައްޔާރުކުރާއިރު ބޭނުންކުރަން ވަރަށް އެކަށީގެންވާ ޕްރޮޑަކްޓެކެވެ. އަދި ހޫނު ނުވަތަ ފިނި ބުއިންތައް ތައްޔާރު ކުރާއިރު ވެސް ބޭނުން ކުރެވޭނެ އެވެ.

އަލްމަރާއީ ބަރިސްތާ މިލްކް ބޭނުން ކޮށްގެން ކޮފީ ހަދާލަން ސަޅި ރެސެޕީ އެއް:

  • 3 މޭޒުމަތީ ސަމުސާ އެސްޕްރެސޯ ކޮފީ ގްރައުންޑްސް
  • 1⁄3 ތަށި ފެން
  • 1-1⁄3 ތަށި އަލްމަރައި ބާރިސްޓާ މިލްކް
  • ރަހައަށް ބަލާފައި ހަކުރު އަޅާ

ތައްޔާރުކުރާނެ ގޮތް:

  • އެސްޕްރެސޯ މެޝިނަށް ކޮފީ ލާށެވެ. އަދި ފެން އަޅައި, މެޝިން ޖައްސާށެވެ.
  • ކޮފީ ތައްޔާރުވަމުން ދާއިރު, އަލްމަރާއީ ބަރިސްތާ މިލްކް މެދުމިނުގައި ބަހައްޓައިގެން ހޫނު ކުރާށެވެ. އަދި ކެކެން ފެށުމުން ހޫނުމިން ކުޑަކޮށް ދައްކޮށްލާށެވެ.
  • ކޮފީ ތައްޔާރުވުމުން ތައްޓަކަށް އަޅައި, ހޫނުކުރި ބަރިސްތާ މިލްކާއި އެއްކޮށްލާށެވެ. އޭރުން ކޮފީގެ މަތީގައި ފޯމް ހެދޭނެ އެވެ. އަދި ބޭނުންވާ މިންވަރަކަށް ހަކުރު އަޅައިގެން, ރަހަ މީރު ކޮފީއެއް ބޯލަންވީ އެވެ!

އަލްމަރާއީ ބަރިސްތާ މިލްކްގެ ނިއުޓްރިއަންޓްސް:

  • ކެލޮރީސް: 49 ކިލޯކެލަރީސް
  • ކާބޯހައިޑްރޭޓްސް: 3 ގްރާމް
  • ޕްރޮޓީން: 2 ގްރާމް
  • ފެޓް: 2 ގްރާމް (ސެޗްރޭޓެޑް ފެޓް 1 ގްރާމް)
  • ކޮލެސްޓްރޯލް: 8 މިލިގްރާމް
  • ސޯޑިއަމް: 39 މިލިގްރާމް
  • ޕޮޓޭސިއަމް: 107 މިލިގްރާމް
  • ވިޓަމިން އޭ: 4 އައިޔޫ
  • ޝުގާ: 4 ގްރާމް
  • ކެލްސިއަމް: 92 މިލިގްރާމް

ވިލާ އަކީ އަބަދުވެސް ކަސްޓަމަރުންނާ ގާތުން, ފަސޭހާ ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން ވިލާ މާޓުގެ ވެބްސައިޓުން ޕްރޮޑަކްޓްތަކުގެ ތަފްސީލު ބެލޭއިރު, ފަސޭހަ ކަމާއި އެކު ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އޮންލައިން ކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ވިލާ މާޓުން ވަނީ އައިފޯން އަދި އެންޑްރޮއިޑް އެޕެއް ވެސް ތައާރަފް ކޮށްފަ އެވެ.

އެންޑްރޮއިޑް އެޕް
އައިފޯން އެފް

ސިއްހަތަށް ފައިދާ ހުރި ކޮލެޓީ ކާނާ ބްރޭންޑްތަކުގެ އިތުރުން ވިލާ މާޓުން ރީތިވާ ސާމާނާއި, ހިފާގެންގުޅޭ ސާމާނުގެ އިތުރުން ވަރަށް ގިނަ ބާވަތްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ލިބެން ހުރެ އެވެ. ވިލާ މާޓްގެ އަމާޒަކީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް, ހެޔޮ އަގުގައި ކޮލެޓީ ޕްރޮޑަކްޓްތަކެއް ފަސޭހަ ކަމާއި އެކު ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމެވެ.

ކަސްޓަމަރުންނަށް ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވިލާ މާޓުގެ ވެބްސައިޓުން ފަސޭހަ ކަމާއި އެކު ބަލާލެވޭނެ އެވެ. އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮށް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އޭގެ އިތުރުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓް އެޕް ޑައުންލޯޑް ކުރައްވައިގެން, ފަސޭހަ ކަމާއި އެކު އޮންލައިން ކޮށް ވިޔަފާރި ކުރެވޭނެ އެވެ.

ސްޓަމަރުންގެ އިތުބާރާއި, ހިތްހަމަ ޖެހުމަކީ ވިލާ ޓްރޭޑިން އިން އެންމެ މުހިންމު އިސްކަމެއްދޭ ކަމަށް ވާއިރު, އެ ކުންފުނިން ހިންގާ ވިލާ މާޓުގެ އަމާޒަކީ ކޮލެޓީ ރަނގަޅު ކާނާގެ ބާވަތްތަކުން ފެށިގެން ގޮސް, ރީތިވާ ސާމާނާއި ގޭގައި ގެންގުޅޭ ސާމާނު, ހެޔޮ އަގެއްގައި ފަސޭހަ އިން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.