މ. މުލީ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
މި މަސައްކަތް އިއްޔެ ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އެވެ.
އެމްޓީސީސީއާ މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މަސައްކަތުގެ އަގަކީ 65.5 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން ކުރާނެ މަސައްކަތް
- ނެރު ފުން ކުރުން
- ބަނދަރު ފުން ކުރުން
- 467 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
- 213 މީޓަރު ސޭންޑްފިލް ބްރޭކްވޯޓާ ޖެހުން
- 89 މީޓަރު ރިވެޓްމެންޓް ޖެހުން
- 479 މީޓަރ އެއްގަމު ތޮށި ޖެހުން
- 10 މޫރިން ބޮއި ހަރުކުރުން
- 27 މަގު ބައްތި ހަރުކުރުން
- 2370 އަކަ މީޓަރު ޕޭވްމަންޓް ހެދުން
- 100 އަކަ މީޓަރު ރޭންޕެއް ހެދުން
- ދެ ނެވިގޭޝަން ލައިޓް ހަރުކުރުން
- ތިން މީޓަރު ކޮންކްރީޓް ބްރިޖެއް ހެދުން
- އެކްސެސް ޕްލެޓްފޯމް އެޅުން
ރަށްރަށުގެ ލަފާފުރުމުގެ މައްސަލަތައް ހައްލުކުރުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މިވެރިކަމުގައި ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ހިންގުނު 47 މަޝްރޫއެއް ނިމިފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.