މޯލްޑިވްސް ނޭޝަނަލް ޕާޓީ

މާލޭގައި އެމްއެންޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަނީ

Jan 23, 2023
2

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހަރަކާތް މާލޭގައި ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

މާލޭގައި ހަރަކާތްތައް ފުޅާކުރުމަށް އެމްއެންޕީން މަސައްކަތް ފަށާފައިވާއިރު އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އެމްއެންޕީން ގެންދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލޭގައި އެމްއެންޕީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ނާޒިމުގެ ލީޑަޝިޕްގައި ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން މާލެ ރީޖަންގެ ދާއިރާތަކަށް ނިސްބަތްވާ ބައެއް ރައީސުންނާއި ނާއިބް ރައީސުންނާއެކު ނާޒިމު ގެންދަވަނީ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

އެމްއެންޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ މާލޭގެ ހެންވޭރު ދެކުނު ދާއިރާގައި އެ ޕާޓީގެ ޖަގަހައެއް ވެސް ހުޅުވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްއެންޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެ ޕާޓީން ވަނީ ފަށާފަ އެވެ.

އެމްއެންޕީގެ ހަރަކާތްތައް ފުޅާކޮށް ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް އެމްއެންޕީން ގެންދަނީ އަތޮޅު ތެރޭގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ -- އެމްއެންޕީއަށް 10،000 މެންބަރުން ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން އިއުލާންކޮށްފައިވެ އެވެ.