މުހައްމަދު ނާޒިމް

ގައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި ދެމި ހުންނާނަން: ނާޒިމު

މުހައްމަދު ނާޒިމު -- ފޮޓޯ: އަވަސް
0%
0%
0%

ގައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވި އެންމެންނަށް ޝުކުރު އަދާކޮށް ނާޒިމު ވިދާޅުވީ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގައުމުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނާޒިމު މިހެން ވިދާޅުވިއިރު އެމްއެންޕީން ވަނީ އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރާ ކަމަށާއި ދިވެހިންގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އިންތިހާބުގައި އެންމެ ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް އެމްއެންޕީން ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އެމްއެންޕީން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ނިންމާ ގޮތް ހާމަކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910