ހަބަރު

ހއ. އަތޮޅުން ކަނޑައިގެންދިޔަ އޮއިވާލި ކަނދުފަތި އަޅައިފި

ދޮށިގެ މަސްވެރިކަމަށް އަމާޒުކޮށްގެން ގާއިމްކޮށްފައިވާ ކަނދުފަތީގެ ތެރެއިން ހއ. އަތޮޅުން ކަނޑައިގެންގޮސްފައިވާ ކަނދުފަތި އަލުން އަޅައިފި އެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ ދޮށީގެ މަސްވެރި ކަމަށް އަމާޒުކޮށް އަޅާފައިވާ 54 އޮއިވާލި ކަނދުފަތީގެ ތެރެއިން ބައެއް ކަނދުފަތިކަނޑައިގެން ގޮއްސަފައިވާ ކަމަށާއ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އަޅަން މިނިސްޓްރީގެ ޓީމެއް ދަތުރު ކުރަމުން އަންނަ ކަމަށެވެ.

އެމިނިސްޓްރީ އިން ބުނީ އެކި ސަބަބުތަކާއި ރާއްޖޭގެ ހަ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ކަނދުފަތިތައް ވަނީ ކަނޑައިގެން ގޮސްފައި ކަމަށާއި އަލުން ގާއިމް ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހު ހއ. އަތޮޅުގައި ކަނދުފައްޗެއް އަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަނދުފައްޗަކީ ދިވެހިންގެ ދޮށީގެ މަސްވެރިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތަކަށްށް ވާއިރު އެތަކެއްޗަށާއި އޮއިވާލި މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ފިޝަރީސް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.