ޓޫރިޒަމް

ކޮސްޓާ ޑެލިޒިއޯސާ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ

Feb 4, 2023
އިޓަލީގެ ކޮސްޓާ ޑެލިޒިއޯސާ. މި ކްރޫޒްލައިނާ ރާއްޖެ އައީ މިއަދު -- ފޮޓޯ: ޒައިން އިބްރާހީމް | އަވަސް
50%
50%
0%

އިޓަލީގެ "ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒް ލައިނާ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

މާލެ ބޭރުގައި ބަނދަރުކޮށްފައިވާ މި ކްރޫޒް ލައިނާއިން އައި ފަތުރުވެރިން ވަނީ މިއަދު މާލެ ފައިބާފަ އެވެ.

އިޓަލީގެ ކޮސްޓާ ކްރޮސިއެރޭއިން އޮޕަރޭޓްކުރާ "ކޮސްޓާ ޑެލިޒިއޯސާ"އަކީ 2،828 ޕަސިންޖަރުން އަދި 934 ފަޅުވެރިންގެ ޖާގައިގެ ކްރޫޒްލައިނާއެކެވެ.

މި ކްރޫޒްލައިނާގައި ހަތް ސްވިމިން ޕޫލާއި ފަސް ރެސްޓޯރަންޓް ހުރެ އެވެ. އޭގެ އިތުރުން ތިއޭޓަރަކާއި ކުޅިވަރު ކުޅޭނެ ސަރަހައްދަކާއި ޖިމާއި ފިހާރަތައް ހުރެ އެވެ.

އިޓަލީގެ ކޮސްޓާ ޑެލިޒިއޯސާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި -- ފޮޓޯ: ޒައިން އިބްރާހީމް | އަވަސް

މިއީ ދިގުމިނުގައި 294 މީޓަރު، ފުޅާމިނުގައި 32.3 މީޓަރު ހުންނަ ކްރޫޒްލައިނާއެކެވެ. 16 ޑެކް ހުންނަ ކްރޫޒްލައިނާއަކީ ބޭނުންކުރަން ފެށީ 2010 ވަނަ އަހަރު އެވެ.

ކޮވިޑަށްފަހު ރާއްޖެއަށް ކްރޫޒް ލައިނާތައް އަލުން ދަތުރުތައް ވަނީ ފަށާފަ އެވެ.

އިޓަލީގެ ކޮސްޓާ ޑެލިޒިއޯސާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި -- ފޮޓޯ: ޒައިން އިބްރާހީމް | އަވަސް

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރަން ހަމަޖެހިފައިވާ ކްރޫޒްލައިނާތަކުގެ ތެރޭގައި އެމްއެސް ސިލްވަ ޝެޑޯ އާއި އެމްއެސް ސެވެން ސީސް މެރައިނާ އާއި އެމްއެސް އެއިޑްއަލްބާގެ އިތުރުން އެމްއެސް ފްރެޑް އޮސްލެން ބޮލެޓް ހިމެނެ އެވެ.

މި ކްރޫޒް ލައިނާތަކުގެ ތެރެއިން އެމްއެސް ސިލްވަ ޝެޑޯ ބަނދަރުކުރާނީ އައްޑޫގަ އެވެ. އެމްއެސް ފްރެޑް އޮސްލެން ބޮލެޓް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910