ޓޫރިޒަމް

މިހާތަނަށް 214،000 އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ކްރޫޒްލައިނާއަކުން މާލެ އައި ފަތުރުވެރިންތަކެއް ލޯންޗަކަށް އަރަނީ --ފޮޓޯ: ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 214،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 214،985 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 31 ޕަސަންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 163،684 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކަށް ބަލާނަމަ އެވަރެޖްކޮށް ދުވާލަކު 5،658 ފަތުރުވެރިން ރާއްޖެ އާދެ އެވެ.

މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ރަޝިއާ އެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމު

  • ރަޝިއާ - 27،960
  • އިންޑިއާ - 23،422
  • އިޓަލީ - 20،513
  • އިނގިރޭސިވިލާތް - 18،942
  • ޖަރުމަނު - 13،662
  • އެމެރިކާ - 9،274
  • ފްރާންސް - 8،979
  • ޗައިނާ - 6،909
  • ސްވިޓްޒަލޭންޑް - 4،723
  • ޕޮލޭންޑް - 4،044

ކޮވިޑަށްފަހު ކްރޫޒްލައިނާތައް ރާއްޖެ އަންނަން ވަނީ ފަށާފަ އެވެ. އެގޮތުން މިމަހުވެސް ކްރޫޒްލައިނާއެއް ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުންދާއިރު މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،218 ތަނެއް ދަނީ ހިންގަމުންނެވެ. އެތަންތަނުގައި ފަތުރުވެރިންނަށް 59،840 އެނދު އެބަހުއްޓެވެ.

މިހާރު އޮޕަރޭޓް ކުރަމުންދަނީ 168 ރިސޯޓާއި 880 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދުގެ އިތުރުން 13 ހޮޓަލެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910