މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

މީދަލުގެ އުނދަގޫ ބޮޑުވެ ބްރޯޑްކޮމް މިއަދު ބަންދު

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ހިންގަމުންދާ ގ. ބިއްލޫރިޖެހުގޭގެ އިމާރާތުގައި މީދަލުގެ އުނދަގޫ ބޮޑުވެ، ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރުމަށްޓަކައި އެ ކޮމިޝަނަށް މިއަދަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި އެވެެ.

ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިމާރާތުގައި މީދާ ގިނަވުމުގެ ސަބަބުން އުނދަގޫވެ، ކޮމިޝަންގެ މަސައްކަތްތަކަށް ބުރޫ އަރަމުންދާކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިއަދު ޕެސްޓް ކޮންޓްރޯލް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން ބަޔާނުގައި ބުނެފައިވަނީ މިއަދު އޮފިސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ދިނުމަށް ހަމަޖެހިފައިނުވާކަމަށާއި، އޮފިސް ބަންދުވާނެކަމަށެވެ.

މީގެ އިތުރުން މިއަދު ބްރޯޑްކޮމްގެ ހިދުމަތައް އެ ކޮމިޝަނުގެ ހޮޓްލައިން 7983353 އަށް ގުޅުއްވުމުން ލިބޭނެއެވެ.

ބްރޯޑްކޮމްއިން ވަނީ މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދިފައެވެ.