މޯލްޑިވިއަން ރެޑް ކްރެސެންޓް

ރެޑް ކްރެސެންޓުގެ ފަންޑު ފޮއްޓަށް 2.9 މިލިއަން ރުފިޔާ

ތުރުކީއާއި ސީރިއާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ހުޅުވާލި ފަންޑު ފޮއްޓަށް މީހަކު އެހީވަނީ -- ފޮޓޯ: ރެޑް ކްރެސެންޓް
0%
0%
0%

މޯލްޑިވްސް ރެޑް ކްރެސެންޓުން ތުރުކީއާއި ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ހުޅުވާލި ފަންޑަށް 2.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރެޑް ކްރެސެންޓުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތުރުކީއާއި ސީރިއާ ގުޅޭ ސަރަހައްދަށް އައި ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ހުޅުވާލި ރިލީފް ފަންޑަށް ޖުމުލަ 2،990،618.91 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ރެޑް ކްރެސެންޓުން ރިލީފް ފަންޑަށް ފައިސާ ހޯދަން ހުޅުވާލީ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރެޑް ކްރެސެންޓުން ބުނީ ރިލީފް ފަންޑެއް ހުޅުވާލީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 200 މިލިއަން ޑޮލަރުގެ އިމަޖެންސީ އެހީގެ އިލްތިމާސެއް ނެރުމުން ކަމަށެވެ.

އެހީގެ ގޮތުގައި ލިބުނު ފައިސާ އައިއެފްއާރްސީ އާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ރެޑް ކްރެސެންޓުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910