ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ މިދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުން ދަތުރުފުޅުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ނަމަވެސް ރައީސް ސޯލިހް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވާކަން ރައީސް އޮފީހުން ޔަގީންކޮށްދީފައިވެ އެވެ. އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުރިއަށް ހަފްތާ ބަންދުގައެވެ.
ރައީސް ސޯލިހް ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.