ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް މިއަދު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރިއަށް އޮތް ހޮނިހިރު ދުވަހު އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ސޯލިހް މީގެކުރިންވެސް އެކި ފަހަރު މަތިން ސިންގަޕޫރަށް ވަޑައިގެން ސިއްހީ ފަރުވާ ހޯއްދަވާފައިވެ އެވެ.