ޖޭއެސްސީ

ގާޒީ އާދަމުގެ ސުލޫކީ މައްސަލަ ސާބިތެއްނުވި

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ގާޒީ އާދަމް އިބްރާހީމްގެ މައްސަލަ ތަހުގީގު ކުރަން ފެށީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން ޑިސެމްބަރު 13، 2021ގައި އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެންނެވެ.

މި މައްސަލަ ބަލައި ތަހުގީގުކުރުމަށްފަހު ސާބިތު ނުވާ ކަމަށް ނިންމީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންނެވެ.