ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައުލޫމާތު ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީއަށް ފުލުހުން ހާޒިރުކުރުމަށް ނިންމައިފި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުން ހާޒިރުކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން އެ މައްސަލަ ބަލަމުން ދަނިކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވެސް އެކަމާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމީ އެ ދެ މައްސަލަ އެއްކޮށް ކުރިއަށް ގެންދިއުމަށެވެ. އެ ކޮމިޓީއަށް ފުލުހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.
ފުލުހުން ހާޒިރުކުރުމަށް ޝަހީމް ހުށަހެޅުއްވި ހުށަހެޅުން ފާސްވީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ވީނުވީއެއް ނޭނގި ގެއްލޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ގެއްލޭ މީހުން ހޯދުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ވަނީ މަޖިލީހުން ބޭރުވެސް ކޮށްލާފަ އެވެ.