ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

މިނިސްޓަރު އިހްސާން ހާޒިރުކުރި 241 ކޮމިޓީން ސިއްރުކޮށްފި

241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި ފުލުހުންގެ އިސްވެރިން ހާޒިރުކޮށް އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް އެވެ. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ތާއީދު ކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ސިއްރު ކުރަން މެންބަރަކު ހުށަހެޅުއްވީ 241 ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދު ބައްދަލުވުން ފައްޓަވަމުން ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ. ސަލީމު ވިދާޅުވީ މިނިސްޓަރު އަލީ އިހްސާން "ތަންކޮޅެއް ސިއްރިއްޔާތުގައި" މައުލޫމާތުތަކެއް ދެއްވަން ހުރި ކަމަށެވެ.

މަޖިލީހުގައި ހަދާފައިވާ ކޮމިޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ ކޮމިޓީއަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ އެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ ގޮތަށް އަމިއްލަ މެންބަރަކުވެސް ހިމެނޭ ގޮތަށެވެ.

ސަލާމަތީ އިދާރާތަކާއި ގުޅޭ މައްސަލަތަކާއި ސަލާމަތާ ގުޅުންހުރި މައްސަލަތަކާއި އެކަމާ ގުޅުންހުރި ބިލްތައް އަބަދުވެސް ދިރާސާ ކުރަނީ 241 ކޮމިޓީންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345