މިނިސްޓަރު އަލީ އިހުސާން

ފުލުހުންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވަން: އިހްސާން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން -- ފޮޓޯ: އަވަސް
0%
0%
0%

ފުލުހުންނަށް ސިޔާސީ ނުފޫޒު ނުފޯރުވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީ އިން ހުށަހެޅި އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން އޭނާ ވިދާޅުވީ ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭބޭފުޅުން މިހާރުވެސް މިނިވަންކަމާއެކު އެ ތިބީ. ކަމެއް ގޯސްކޮށް ނުކުރެއެކޭ. ދައުލަތުން އެ ތަހުގީގުތައް ކުރޭ،" އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ތަހުގީގުތައް "ސްޕީޑް" ގައި ކުރިއަށްދާ ކަމަށާއި އެކަން ކުރަނީ ފުލުހުންނަށް ލިބިދީފައިވާ ގާނޫނުގެ ބާރުގެ ތެރެއިން ކަމަށެވެ.

"ސިޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭ،" އިހްސާން ވިދާޅުވި އެވެ.

އެމްޑީޕީ އިން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް މިނިސްޓަރު އިހްސާން ހުރަސް އަޅާ ކަމަށް ބުނެފައިވާއިރު އިހްސާން ވަނީ އެކަމަށްވެސް ރައްދުދީފަ އެވެ.

"ކަރެކްޝަނަލް ސާވިސްގެ މައްސަލަ އާއި ކަސްޓަމްސްގެ މައްސަލަ އާއި އިމިގްރޭޝަންގެ މައްސަލަ އާއި ފިއުލް ސަޕްލައިސްގެ މައްސަލަ އާއި އެޗްޑީސީގެ މައްސަލަ އާއި ހައުސިން މިނިސްޓްރީގެ ތަހުގީގުތައް މިހާރު ފުލުހުން އެބަ ހިންގާ،" އިހްސާން ވިދާޅުވި އެވެ.

މި މައްސަލަތަކަށް ހުރަސް އަޅާނަމަ އެ މައްސަލަތައް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910