ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

ފުލުހުންގެ ތަމްރީންތައް ހިނގާ ގޮތް ބެލުމަށް 241 ކޮމިޓީގެ މެންބަރުން އައްޑޫގައި

Oct 13, 2022
މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުން އައްޑޫގައި ތިބޭ ފުލުހުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޕޮލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުން އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ގާއިމުކޮށްފައިވާ ފުލުހުންގެ ތަމްރީނު މަރުކަޒު --ނެޝަނަލް ކޮޮލެޖް އޮޮފް ޕޮލިސިން އެންްޑް ލޯއެންފޯސްމަންޓް (އެންސީޕީއެލް)ގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފި އެވެ.

ކޮމީޓިގެ ފަރާތުން އައްޑޫއަށް ވަޑައިގެންނެވީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އާއި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ޑިރެކްޓާ އޮފް ލީގަލް އެފެއާޒް އަހްމަދު ނާޒިމް އެވެ.

މެންބަރުންގެ މި ޒިޔާރަތުގައި ފުލުހުންގެ ތަމްރީން މަރުކަޒުގެ މަސައްކަތްތައް ބައްލަވާލައްވައި، މަސައްކަތްތައް ކުރިއަށްދަނީ ފުލުހުންގެ ގާނޫނުގައި ފުލުހުން ތަމްރީންކުރުމަށް ކަނޑައަޅާފައިވާ ގަވާއިދާއި އެއްގޮތަށްތޯ ބައްލަވާފައިވެ އެވެ. މި ވަގުތު ކޮލެޖުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ކޮބައިތޯ ވެސް ކޮމިޓީން ބަލާފައިވެ އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުން އައްޑޫގައި ތިބޭ ފުލުހުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޕޮލިސް


މި ބައްދަލުވުމުގައި ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވަނީ ކޮލެޖް ހިންގުމުގައި ހުރި ގޮންޖެހުންތައް މެންބަރުންނަށް ހިއްސާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުން މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުމުގައި އައްޑޫގައި ހުރި މައްސަލަތަކާއި ކޮމިޓީގެ ފަރާތުން އެ މައްސަލަތަކަށް ހޯދައިދެވޭނެ ހައްލުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345