ދުނިޔެ

މެލޭޝިއާގެ ބޮޑުވަޒީރާއި ސައޫދީ ހައްޖު މިނިސްޓަރުގެ ބައްދަލުވުމެއް

އަންވަރު އިބްރާހީމް (ވ) އަދި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްތަރު
0%
0%
0%

ހައްޖުގެ އަޅުކަން އަދާކުރަން ސައޫދީއަށް މީހުން ފޮނުވާ ގައުމުތަކުގެ ގުރޫޕްތަކުން އޮފިޝަލުން ތަމްރީންކުރުމަށް، ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ހިންގާ ޕްރޮގްރާމްގެ ދަށުން މެލޭޝިއާގައި އޮތް ސެޝަންތަކުގައި ސައޫދީގެ ހައްޖު މިނިސްޓަރު ޑރ. ތަވްފީޤު އައްރާބިއާ ބައިވެެރިވެ ވަޑައިގެންނެވި އެވެ.

ހައްޖު އެންޑް އުމްރާ މިނިސްޓްރީން ހިންގާ މި ޕްރޮގްރާމްތަކުގެ ބޭނުމަކީ ހައްޖުވެރިން ސައޫދީއަށް ފޮނުވުގެ ކުރިން ރަސްމީކޮށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރާނެ ގޮތް ކިޔައިދިނުމެވެ.

ހައްޖުވެރިން ސައޫދީގައި އުޅޭއިރު ދިމާވެދާނެ ކަމަށް ބެލެވޭ ހުރިހާ ކަމެއްގައި އަމަލުކުރާނެ ގޮތާއި ހައްޖާއި އުމްރާގެ އަޅުކަން އެންމެ ފުރިހަމައަށް އަދާކުރެވޭނެ ގޮތް އޮޅުންފިލުވައި ދިނުންވެސް މި ޕްރޮގްރާމްގައި ކިޔައިދެ އެވެ.

ޑރ. ތަވްފީޤު އައްރާބިއާ މެލޭޝިއާއަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާ ވެސް ބައްދަލުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސައޫދީން ހައްޖު ކޯޓާ ދޫކުރުމުގައި މެލޭޝިއާއަށް ދީފައި އޮންނަ ލުއިތަކަށް ބޮޑުވަޒީރު ޝުކުރުއަދާކުރެއްވި އެވެ. އަދި ސައޫދީގައި ހައްޖުވެރިންނަށް އޮންނަ އިންތިޒާމްތަކުގެ ފުރިހަމަ ކަމަށް ބޮޑުވަޒީރު އުފާކުރައްވައި ސައޫދީގެ ވެރިންނަށް ޝުކުރުއަދާކުރެއްވި އެވެ.

މެލޭޝިއާއަށް ބޭނުންވާ ހައްޖު ކޯޓާ ދެމެހެއްޓެނިވި ގޮތުގައި ލިބުން އެދިވަޑައިގަންނަވާ ކަމަށް ވެސް ބޮޑުވަޒީރު އަންވަރު އިބްރާހީމް، ސައޫދީގެ ހައްޖު މިނިސްޓަރަށް ދެންނެވި އެވެ.

ސައޫދީ އަރަބިއްޔާ އާއި މެލޭޝިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި އިންވެސްޓްކުރާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވި ގޮތުގައި ސައޫދީ ވުޒާރާތަކުން މެލޭޝިއާގައި ހިންގާ ޕްރޮގްރާމްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ އެވެ. އަދި ހައްޖާއި އުމްރާ ވެރިންނަށް ފަސޭހަވާނެ ހުރިހާ މަގެއް މެލޭޝިއާއިން ފަހިކޮށްދެއްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910