ދުނިޔެ

މި ފަހަރު ހައްޖު މޫސުމުގައި ފާސްކުރުން އިތުރުވާނެ: ސައޫދީ

0%
0%
0%

ހައްޖުވެރިންނަށް މި ފަހަރުގެ ހައްޖު މޫސުން ފަސޭހަކޮށްދިނުމަށް -- ތޮއްޖެހުން ކުޑަކުރުމަށް ސެކިއުރިޓީ ޗެކްޕޮއިޓްތަކުން -- ހައްޖުވެރިންނާ ސުވާލުކޮށް ފާސްކުރުން އިތުރުވާނެ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފި އެވެ.

ޖެނެރަލް ޑައިރެކްޓޮރޭޓް އޮފް ޕަބްލިކް ސެކިޔުރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ފާސްކުރުން އިތުރުކުރަނީ ގަވާއިދާ ހިލާފަށް ހައްޖު އޭރިއާތަކަށް މީހުން ވަނުން ކޮންޓްރޯލް ކުރުމަށެވެ.

އެ މީހަކު ނިސްބަތްވާ ގައުމެއްގެ ނުވަތަ ސިޓީއެއްގެ ރަސްމީ ލިޔުމެއް ނެތް އެކަކުވެސް ވަކި ސަރަހައްދަކަށް ނުވައްދާ ގޮތަށް އެ އިދާރާއިން މިހާރު ހަމަޖައްސާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މިބަޔާނުގައި ބުނެފައިވަނީ މައްކާއަށް ވަންނަން އޮންނަ މަގުތަކުގައި ވަކިން ހާސަކޮށް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށެވެ. ރަސްމީ ލިޔުމެއް ހިފައިގެން އުޅުމަކީ ރައްކާތެރި ކަމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެ ނޫން ގޮތެއްގައި އެ މީހަކު ސެކިއުރިޓީ އޮފިސަރުންގެ ބެލުމުގެ ދަށުން ސަރަހައްދުން ބޭރުކޮށް ހިފެހެއްޓޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ހައްޖަށް ގޮސް އުޅޭ މީހުން ވަކިކުރުމަށް ސެކިއުރިޓީން ބަލާނެ ހަމައެކަނި ނިޝާނަކީ އެ މީހަކު ގެންގުޅޭ ރަސްމީ ހުއްދަ އެވެ.

އެ މީހަކު ސައްހަ މީހަކަށް ވެފައި ހުއްދަ އަތުގައި ނެތް ނަމަވެސް އެ މީހަކާ މެދު ދެރަ ގޮތަކަށް އަމަލުކުރެވިދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910