ދުނިޔެ

ސައޫދީން ފަލަސްތީނަށް އިތުރު 1000 ހައްޖު ކޯޓާ ދީފި

ސައޫދީ ރަސްގެފާން، ސަލްމާން ބިން އަބްދުލްއަޒީޒު -- ރަސްގެފާންގެ އެހީގައި ކޮންމެ އަހަރަކު ވެސް ގައުމުތަކަށް ހިލޭ ހައްޖުގެ ފުރުސަތު ފޯރުކޮށްދޭ
0%
0%
0%

ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޒަޚަމްވެ އަދި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އިތުރު 1000 ފުރުސަތު ދިނުމަށް ސަލްމާން ރަސްގެފާން އަންގަވައިފި އެވެ.

ސަލްމާން ރަސްގެފާން ވަނީ މީގެ ކުރިންވެސް ފަލަސްތީންގެ އާއިލާތަކަށް 1000 ކޯޓާ ދެއްވާފަ އެވެ. އެއީ ވެސް ހަނގުރާމާގައި ގާތްތިމާގެ މީހުން މަރުވެ އަދި ގެއްލިފައިވާ އާއިލާތަށް ދެއްވި ފުރުސަތެކެވެ.

ސައޫދީ ރަސްގެފާނުގެ މި ފުރުސަތާ އެކު ފަލަސްތީންގައި ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް ހާއްސަކޮށް 2،000 ހައްޖު ހަދިޔާކުރެވުނީ އެވެ.

ސައޫދީ ރަސްގެފާންގެ އަމުރަށް މި އުސޫލުން ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކަށް ހިލޭ ހައްޖުކުރުމުގެ ފުރުސަތު ދެވެ އެވެ.

ގެސްޓް ޕްރޮގްރާމް ފޮ ހައްޖު އެންޑް އުމްރާ ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދާވާ އެންޑް ގައިޑަންސްއިންނެވެ.

މި ޕްރޮގްރާމް މީގެ 26 އަހަރު ކުރިން ތައާރަފްކުރި ފަހުން 60،000 އަށް ވުރެ ގިނަ މީހުންނަށް މުޅިން ހިލޭ ހައްޖުގެ ފުރުސަތު ވަނީ ދީފަ އެވެ.

ސައޫދީ އެމްބަސީ ހުންނަ އަދި ސައޫދީއާ އެކު ގާތް ގުޅުން އޮންނަ ގައުމުތަކަށްވެސް މި ޕްރޮގްރާމްގެ ދަށުން ފުރުސަތުދެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910