މާލޭ ސިޓީ ކައުންސިލް

މާރުކޭޓް ގޮޅިތައް ހިންގާ މީހުންނަށް ކުލީގެ ބައެއް މައާފްކޮށްދީފި

Mar 1, 2023
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: ސިޓީ ކައުންސިލް
0%
0%
0%

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މާރުކޭޓުތަކުގެ ގޮޅިތައް ކުއްޔަށް ނަގާފައިވާ މީހުންނަށް ކުލި ދެއްކުމުގައި ލުއިތަކެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ނިންމީ ހަތަރު މަސް ދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މާފުކޮށްދިނުމަށާއި ހަތަރު މަސް ދުވަހަށް މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކުގެ ކުލިން 30 އިންސައްތަ ކުޑަކޮށްދިނުމަށެވެ.

މީގެއިތުރުން މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ އެއްބަސްވުން އިތުރު އެއްއަހަރަށް އާކޮށްދިނުމަށްވެސް މާލެ ސިޓީކައުންސިލުން މިއަދު ވަނީ ނިންމާފަ އެވެ.

މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުމުގެ މުއްދަތު މިހާރު އޮތް ގޮތުން މާޗް މަހުގެ 31 އަށް ހަމަވާނެ އެވެ. ނަމަވެސް ކައުންސިލްގެ މިއަދުގެ ނިންމުމާ ގުޅިގެން ގޮޅިތައް ކުއްޔަށް ނަގާފައިވާ މީހުންނަށް އިތުރު އެއް އަހަރު ލިބިގެންދާނެ އެވެ.

މާލެ ސިޓީ ކައުންސިލުން މި ނިންމުންތައް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ގާއިމުކުރެވުނު ތަނަކަށް ވުމާއިއެކު ގޮޅި ހިންގާ މީހުންނަށް ލުޔެއް ދިނުމުގެ ބޭނުމުގަ އެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ މީހުންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ކަމަށް މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

"ވިލިމާލޭގައި އަލަށް ފަށާ ތަނެއްވީމަ އެސްޓަބްލިޝްވުމަށްދޭ ލުޔެއްގެ ގޮތުގައި ހަތަރުމަސް ރެންޓް ފްރީކޮށް މިދެވެނީ. މާލޭގައިވެސް ބޮޑު ހަރަދުތަކެއް ހިނގަމުންދާ އަދި ތަކެތީގެ އަގުބޮޑުވެގެންދާ ދުވަސްވަރެއްވީމަ ކޮންމެވެސް ވަރެއްގެ ލުޔެއްދިނުމަށް މިގޮތަށް ނިންމީ،" މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލެ އަދި މާލޭގެ މާރުކޭޓް ގޮޅި ހިންގާ މީހުންނަށް މާލެ ސިޓީކައުންސިލުން ލުއިތަކެއް ދޭން ނިންމާފައިވަނީ އެ މީހުންވެސް ލުއިތަކަކަށް އެދެމުންދާތީ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910