ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ މަރުހަބާ އާޒިމަށް

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާ ލިބުނުތާ މަދުވަގުތު ކޮޅެއްގެ ފަހުން ރައީސް މުއިއްޒު ވަނީ އާޒިމަށް ފޯނު ކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރު އާޒިމަށް ދެއްވާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދީގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދިނުމަށްވެސް ރައީސް ވަނީ އާޒިމުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އާޒިމު ކާމިޔާބުކޮށްފައިވަނީ ގާތްގަނޑަކަށް 44.8 ޕަސަންޓުގެ ވޯޓުންނެވެ.

އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ބަންޑަރަނައިބް އައިޝަތު އާޒިމާ ޝުކޫރު އެވެ.