ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި ޖަރުމަނުގެ ރައީސް ބައްދަލުކުރައްވައިފި

Mar 10, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔައާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ނަމަވެސް މިބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތު ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސްގެ އަރިހުގައި މިބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަރުމަނާ އެކު ދިވެހިރާއްޖެ އިން ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގައެވެ.

ރައީސް ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައިޓީބީ ފެއާއަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.