އެމްއެންޑީއެފް

އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

Mar 12, 2023

މ. ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

އާގަލާ ބޯޓުގައި ރޯވެ އަޑިއަށް ދިޔައީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ބޯޓުގައި އަލިފާން ރޯވިއިރު ޖުމްލަ 15 މީހުން ތިބި ނަމަވެސް މިހާދިސާ ތެރޭގައި ބޯޓުގައި ހުރި އިންޑިއާ މީހަކު ވަނީ ގެއްލިފަ އެވެ.

ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ހުއްޓާލީ 72 ގަޑިއިރުގެ ސަރޗް އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށްފަހު އެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2،164 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވެ އެވެ.

އަލިފާން ރޯވި އާގަލާ ބޯޓަކީ އައްޑޫ އާއި މާލެއާ ދެމެދު ދަތުރުކުރާ މަޝްހޫރު ބޯޓެކެވެ. ބޯޓު ވަނީ އަލިފާން ރޯވުމުގެ ސަބަބުން އަޑިއަށް ގޮސްފަ އެވެ.