އަލިފާން

ޔޮޓެއްގައި އަލިފާން ރޯވެއްޖެ

ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވީ ރިޒްކާލްޓަން ފަރި ރިސޯޓު ކައިރީގައި އޮތް ޔޮޓެއްގަ އެވެ.

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 7:37 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ޔޮޓުން ވަރަށް ބޮޑަށް ދުން އަރަމުންދާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ޔޮޓުގައި ތިބި ފަތުރުވެރިންނާއި ކްރޫއިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު މިހާތަނަށް ނުލިބޭ ކަމަށެވެ.