އައްޑޫ ސިޓީ

އައްޑޫގެ ގެއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

އައްޑޫ ސިޓީ މަރަދޫ އެތުމާގޭގައި ރޯވެ އަނދަނީ -- ފޮޓޯ: އެމްއެންޑީއެފް
33.3%
0%
66.7%

އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުނީ ފަތިހު 5:46 ހާއިރު އެވެ. މި ހާދިސާގައި އަލިފާން ރޯވެފައިވަނީ މަރަދޫ އެތުމާގޭގަ އެވެ.

އަލިފާން ރޯވީ އެ ގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގައި އެމްއެންޑީއެފް ފަޔަމަނުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާނުގެ ހާދިސާގެ ރިޕޯޓް ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ. މިގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 06:45 ހާއިރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345