އަލިފާން

އައްޑޫ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

އައްޑޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައި -- ފޮޓޯ: ހުސައިން ރަޝީދު
100%
0%
0%

އައްޑޫ ސިޓީގެ ހިތަދޫ، މާކޯޅިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގެއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެ ގޭގައި ދިރިއުޅުނު މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދީފި އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާ ގުޅޭ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް ބައެއް މީހުން ލަފާކުރަނީ މި ހާދިސާ ހިނގީ އައްޑޫން ރޭ ކަރަންޓް ކެނޑުނު ވަގުތު މި ގޭގައި ދިއްލި އުއްބަތިއެއްގެ ސަބަބުން ކޮންމެވެސް ތަނެއްގައި އަލިފާން ރޯވެ ހުޅުފަޅައިގެން ދިޔައީ ކަމަށެވެ.

ރޭ މެންދަމު އެންމެން ނިދާފައި ތިއްބާ ރޯވި އަލިފާނުގައި ދުމުގެ އަސަރުކޮށްގެން އެ ގޭގައި ދިރިއުޅުނު ތިން ކުދިންނާއި މަންމައަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ. ކޮޓަރީގައި އަލިފާން ރޯވެ ދުން ބޯވެފައި ހުރުމުން މި މީހުން ނެރެފައިވަނީ ކޮޓަރީގެ ފާރުން ބައެއް ތަޅާލައިގެންނެވެ.

ޖުމްލަ ހަ މީހުން ދިރިއުޅުނު ގޭގައި ހުރި ދެ ކޮޓަރިއަށް ދިރިނުޅޭވޭ ވަރަށް ގެއްލުން ލިބިފައިވާއިރު ހިފާ ގެންގުޅޭ ސާމާނުތައްވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހާލުގައި ޖެހުނު އާއިލާއަށް އެހީވުމުގެ ގޮތުން ވަގުތީ ހިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ އިތުރު އެހީތެރިކަން ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345